ޒިއޯސިސް އަކުރު އަކީ ތާނަ ލިޔުމަށް އެހީވެދޭ ޕުރޮގުރާމެއް

އަކުރު ބޭނުންކުރުމުން ތާނަ ލިޔުން އަވަސްވެ ފަސޭހަވޭ

އާންމު ޕުރޮގުރާމްތަކާއި އެކު މަސައްކަތް ކުރޭ

ހިލޭ ޓެސްޓު ކުރައްވާ

އަޖުމަ ބައްލަވާ ޑައުންލޯޑް

މަތިމަތިން

ލެޓިން ތާނާށް ބަދަލުކުރުން

ލެޓިނުން ލިޔަމުން ދާއިރު ވަގުތުން ތާނަ އަށް ބަދަލުކޮށްދޭ

ކުށް ރަނގަޅު ކުރުން

ލިޔަމުން ދާއިރު ތާނަގައި ހުރި ކުށް ރަނގަޅު ކޮދޭ

އޮފީސް ޕުރޮގުރާމްތަކާއި އެކު މަސައްކަތް ކުރޭ

މައިކުރޯސޮފްޓު އޮފީހާއި ގިނަ އެހެން ވިންޑޯސް ޕުރޮގުރާމްތަކާއި އެކު މަސައްކަތް ކުރޭ

ބައިތައް

ބޭނުންކުރަން ފަސޭހަ

ޒިއޯސިސް އަކުރަކީ ތާނަ ލިޔުމަށް ވަރަށް ގިނަ ފަސޭހަތަކެއް ގެނެސްދޭ ބޭނުންކުރަން ފަސޭހަ ޕްރޮގުރާމެކެވެ. އިންސްޓޯލް ކުރުމަށް ފަހު، ލޭންގުއޭޖް ބާއިން އަކުރު ނެންގެވުމަށް ފަހު ބޭނުން ޕުރޮގުރާމެއްގައި ޓައިޕް ކުރަން ފައްޓަވާށެވެ.އަކުރު އެކަނި މަސައްކަތް ކުރަން ފަށާ ލިޔަމުން ދާ ލެޓިން ބަސް ތާނައަށް ބަދަލުކޮށް ކުށް ރަނގަޅު ކުރުމަށް އެހީ ވެދޭނެ އެވެ. މީގެ އިތުރުން މި ޕުރޮގުރާމާއި އެކު ވިންޑޯސްއިން ތާނަ ދެއްކުމަށް ބޭނުން ކުރާ ފޮންޓު ބަދަލު ކޮށްދޭ އާލަތަކާއި ތާނަ ލިޔާ ޕުރޮގުރާމެއް ހިމެނޭނެއެވެ.

އަކުރު ބޭނުން ކުރުމުން ތާނަ ލިޔުން އަވަސްވެ، ކުށް މަދުވެ އަދި ތާނަ ލިޔުމުގެ ފެންވަރު ރަނގަޅަށް ބެހެއްޓުމަށް އެހީވެދެއެވެ.

ލެޓިން ތާނައަށް ބަދަލު ކުރުން

އިނގިރޭސިން ޓައިޕުކުރުން ތާނައިން ޓައިޕު ކުރުމަށް ވުރެއް އަވަސް ވާ އެއް ސަބަބަކީ ކީބޯޑުގައި ފިތް އިންނަ ތަނަށް އަތް ހޭނިފައި ވާތީ އެވެ. ލެޓިން ލިއުމަށް އިނގިރޭސި އަކުރު ބޭނުން ކުރާތީވެ މި ހަލުވިކަން ތާނަ ލިއުމަށް ގެނެސްދެއެވެ. މީގެ އިތުރުން ޒިއޯސިސް ލެޓިން ބޭނުންކުރުމުން އާންމު ފޮނެޓިކް ކީބޯޑުން ޓައިޕުކުރާ އިރަށް ވުރެ މަދު ލަފުޒުން ބަސް ލިޔެވީތީވެ ޓައިޕު ކުރަން ޖެހޭވަރު މަދުވެގެން ދެއެވެ .

ގިނަ ޕުރޮގުރާމްތަކާއި އެކު މަސައްކަތް ކުރޭ

އަކުރު ގިނަ ޒަމާނީ ވިންޑޯސް ޕުރޮގުރާމް ތަކާއި އެކު މަސައްކަތް ކުރެއެވެ. ތާނަ ލިޔުއްވުމަށް ބޭނުންވާ ޕުރޮގުރާމް ހުޅުވުމަށް ފަހު ލޭންގުއޭޖް ބާއިން ދިވެހި ނެންގެވުމަށް ފަހު ޓައިޕު ކުރަން ފެށުމުން އަކުރު އަމިއްލަޔަ މަސައްކަތް ކުރަން ފަށާނެއެވެ. ވާޑް، އެކްސެލް، އޯޕަން އޮފީސް، ގޫގުލް ކުރޯމް، ފަޔާފޮކްސް ފަދަ ގިނަ ޕުރޮގުރާމާއި އެކު އަކުރު މަސައްކަތް ކުރެއެވެ. ވިންޑޯސް އެކްސް ޕީ އިން ފެށިގެން މަތީ ހުރިހާ ވާޝަން އާއި ގުޅެއެވެ. ގިނަ 32ބިޓް ޕުރޮގުރާމް 32ބިޓް އަދި 64ބިޓް ވިންޑޯސް އާއި އެކު މަސައްކަތް ކުރެއެވެ. .

ކުށް ރަނގަޅު ކުރުން

ލިޔުމުގައި ކުށް ހުރުމަކީ ކިޔުންތެރިން ފާހަގަކޮށް، ލިޔުމުގެ ފެންވަރު ދަށްކޮށްދޭ ކަމެކެވެ. އަކުރު ބޭނުންކުރުމުން ލިޔުމުގައި ހުންނަ ކުށް ރަނގަޅު ކުރުމަށް ލަފާ ދޭނެއެވެ. އަކުރުގައި ހިމެނޭ 80,000ހަށް ވުރެ ގިނަ ބަހުގެ ލިސްޓެއް ބޭނުންކޮށް ބަސް ލިޔުމުގައި ކުށެއް ވާނަމަ ޕުރޮގުރާމަށް ލަފާ ކުރެވޭ އެންމެ ގާތް ރަނގަޅު ބަސް ތަކުގެ ލިސްޓެއް ދައްކާ ދޭނެއެވެ.

ބަސް ފުރިހަމަ ކުރުން

އަކުރުގައި ހިމެނޭ ތާނަ ބަސް ފުރިހަމަ ކުރާ ބައިގެ ސަބަބުން ޓައިޕު ކުރަން ޖެހޭ ވަރު މަދުވެގެން ދެއެވެ. ކުރިން ލިޔެފައި ވާ ބަހެއް ދެވަނަ ފަހަރަށް ލިޔަން ފަށާއިރަށް އަކުރު އެ ބަސް ފުރިހަމަކޮށް ދައްކާ ދޭނެއެވެ. އިތުރަށް އެބަސް ނުލިޔެ ފުދެއެވެ.

މެކްރޯ

އާންމުކޮށް ލިޔަން ޖެހޭ ޖުމްލަތަކަށް ނުވަތަ ބަސް ތަކަށް މެކްރޯ ޝޯޓްކަޓެއް އުފައްދާލައްވާށެވެ. އެއިރުން މެކޯ ޝޯޓްކަޓް ލިޔެލާ އިރަށް އަކުރު އެ ޝޯޓްކަޓާއި ގުޅޭ ޖުމްލަ ދައްކާދެނެއެވެ. މިސާލަކަށް, "ދިވެހިރާއްޖެ" ގެ ޝޯޓްކަޓަކައް dvr ހަމަޖެއްސުމުން dvr ޓައިޕު ކުރާ އިރަށް "ދިވެހިރާއްޖެ" ދައްކާ ދޭނެއެވެ.

އަގު

ފުރިހަމަ ލައިސަންސްގެ އާންމު އަގު

00. 2,395 ރ

ކިޔަވާކުދިން

70% ޑިސްކައުންޓް

719.00ރ

ޖީ.އެސް.ޓީ. ހިމަނާފައި

އޯޑަރު ކުރައްވާ

ސަރުކާރު

40% ޑިސްކައުންޓް

1,437.00ރ

ޖީ.އެސް.ޓީ. ހިމަނާފައި

އޯޑަރު ކުރައްވާ

ކިޔަވައިދޭ މަރުކަޒުތައް

50% ޑިސްކައުންޓް

1,197.00ރ

ޖީ.އެސް.ޓީ. ހިމަނާފައި

އޯޑަރު ކުރައްވާ

އިތުރު ޑިސްކައުންޓް؟

ހިނގާ ވާހަކަ ދައްކަން

އަޅުގަނޑުމެންގެ ޑިސްކައުންޓް ނިޒާމާއި ތިޔަބޭފުޅުންގެ ބޭނުންތަކާއި ނުބައްދަލު ނަމަ އަޅުގަނޑުމެންނާއި ގުޅުއްވާލައްވާށެވެ.

އަޅުގަނޑުމެންނާއި ގުޅުއްވާ

އަކުރު 7 ދުވަހަށް ހިލޭ އަޖުމަ ބައްލަވާ

ޑައުންލޯޑް ކުރައްވާ